
އުސޫލުތައް
ކައުންސިލްގެ އެކި ކަންކަމާ ގުޅޭ އުސޫލުތައް މި ސަފުހާއިން ބައްލަވާލެއްވޭނެއެވެ.
ހުކުރުނަމާދު ، ކޭތަނަމާދު އަދި ޢީދުނަމާދު ކުރާފަރާތްތަކުން އަމަލްކުރާނޭގޮތުގެ އުސޫލް 2021
މިއީ ބިލެތްފަހީގައި ޚަތީބުކަންކުރައްވާ އެންމެހާފަރާތްތަކުން އަމަލްކުރުމަށް އެކުލަވާލެވިފައިވާ އުސޫލެވެ .
ކައުންސިލްއިދާރާއަށް ވަގުތީމުވައްޒަފުންނެގުމާއި ވަކިކުރުމާއި ބެހޭ އުސޫލް
މިއީ ކައުންސިލް އިދާރާގައި ވަގުތީގޮތުން ގެންގުޅޭ މުވައްޒަފުން ނެގުމާއި ވަކިކުރުމާއި ބެހޭ ހަމަތައް ބަޔާންކުރާ އުސޫލެވެ .
ކައުންސިލްއިދާރާއަށް ވަގުތީމުވައްޒަފުންނެގުމާއި ވަކިކުރުމާއި ބެހޭ އުސޫލް
މިއީ ކައުންސިލް އިދާރާގައި ވަގުތީގޮތުން ގެންގުޅޭ މުވައްޒަފުން ނެގުމާއި ވަކިކުރުމާއި ބެހޭ ހަމަތައް ބަޔާންކުރާ އުސޫލެވެ .
ކައުންސިލްއިދާރާގެ މުވައްޒަފުން ގެ ކާރޑް ބޭނުންކުރުމުގެ އުސޫލް 06 ޖޫން 2021
މިއީ ކައުންސިލް އިދާރާގެ ފަރާތުން މުވައްޒަފުންބޭނުންކުރުމަށް ދޫކުރެވިފައިވާ ކާރޑް ބޭނުންކުރާނެ ގޮތުގެ އުސޫލެވެ . މި އުސޫލަށް ކާރޑްދޫކުރެވިފައިވާ ހަމަކޮންމެ މުވައްޒަފަކުވެސް ތަބާވުން ލާޒިމްވާނެއެވެ .
ކައުންސިލުންދޭ ބައެއްޚިދުމަތްތަކުން އަގުނެގުމުގެ އުސޫލް 01 އޮގަސްޓް 2022
މިއީ ކައުންސިލުން ދޭ ބައެއްޚިދުމަތްތަކުން އަގުނެގުމަށް ނިންމާފައިވާގޮތުގެ އުސޫލެވެ .
ކުއްލިއަކަށް ދިމާވާ ކާރިސާތަކުގައި އަމަލްކުރާނެ ގޮތުގެ އުސޫލް 2022
މިއީ ކުއްލި ކާރިސާތަކުގައި އަމަލްކުރުމަށް ބިލެތްފަހީ ކައުންސިލުން އެކުލަވާލަފައިވާ އުސޫލެވެ . މި އުސޫލްގެ ދަށުން ކާރިސާތަކުގައި ކައުންސިލުން އަމަލްކުރާނެގޮތްތައް ކަނޑައެޅިފައިވަނެއެވެ .
ބަނދަރުސަރަހައްދު ބޭނުންކުރުމަށް ކައުންސިލުން އެކުލަވާލާފައިވާ އުސޫލް 2023
މިއީ ބިލެތްފަހީގެ ބަނދަރުސަހައްދު ބޭނުންކުރާފަރާތަކުގެ ފަސޭހައާއި ރައްކާތެރިކަމަށް އަދި މުދާ އުފުލާފަރާތްތަކަށާއި މުދާއަރުވާ ބާލާފަރާތްތަކުގެ ރައްކާތެރިކަން ޔަޤީންކުރުމުގެ މަޤްސަދުގައި އެކުލަވާލެވިފައިފައިވާ އުސޫލްއެކެވެ . މި އުސޫލްގެދަށުން މުދާގެންނަފަރާތަކަށް ބަނދަރުސަރަހައްދުގައި މުދާބެހެއްޓޭނެ ހަމަތަކާއި އިންތައް ކަނޑައެޅިފައިވާނެއެވެ .
ދަނޑުވެރިކަންކުރުމަށް ބިލެތްފަހިން ބިންދޫކުރުމުގެ އުސޫލް 2023
މިއީ ރަށުގައި ދަނޑުވެރިކަންކުރުމަށް ބާރުއެޅުމަށާއި ، ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރުވާ އެންމެހާފަރާތަކަށް ހިއްވަރުދީ އެފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް ދަނޑުވެރިން އުފެއްދުމަށް އެކުލަވާލެވިފައިވާ އުސޫލެކެވެ .
ށ.ބިލެތްފަހިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލް 20 ޑިސެމްބަރ 2022
މިއީ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް އެކުލަވާލެވިފައިވާ އުސޫލެވެ .
އޮޑިދޯނިފަހަރު އެހެލާސަރަހައްދުން ކަރަންޓް ދޫކުރުމާއި ބެހޭ އުސޫލް 2024 ( ތިންވަނަ އިސްލާހް )
މިއީ އޮޑިދޯނިފަހަރު އެހެލާސަރަހައްދުން ނުވަތަ ބިލެތްފަހީގެ ބަނދަރުސަރަހައްދުން ކަރަންޓް ދޫކުރުމަށް ކައުންސިލުން އެކުލަވާލެވިފައިވާ އުސޫލެކެވެ . މި އުސޫލްގެ ދަށުން ރަށުގެ އެންމެހާފަރާތްތަކަށާއި ، ރަށުންބޭރުގެ ފަރާތްތަކަށްވެސް ކަރަންޓް ދޫކުރެވިގެންދާނެއެވެ .
އޮޑިދޯނިފަހަރު އެހެލާ ސަރަހައްދު ބޭނުންކުރުމާއި ، ގުޅޭގޮތުން ކައުންސިލުން އެކުލަވާލާފައިވާ އުސޫލް 2024 ( ދެވަނަ އިސްލާޙް )
މިއީ ކައުންސިލުން އޮޑިދޯނިފަހަރު އެހެލާބާލާފަރާތަކަށް ހަމަހަމަގޮތްތަކާއި ، ހުރިހާފަރާތްތަކަކަށް ހަމަހަމަ ފުރުސަތުތަކެއްދިނުމުގެ މައިގަނޑު މަޤްސަދުގައި ކައުންސިލުން އެކުލަވާލެވިފައިވާ އުސޫލެކެވެ .
ޕިކްނިކް އަދި އެހެންބޭނުންތަކަށް ބީޗްތައް ރިޒާވް ކުރުމާއިބެހޭ އުސޫލް
ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެންމެހާ ބިންތައް ރިޒާވްކުރުމާއި ބެހޭ އެންމެހާ ހަމަތައް މި އުސޫލްގައި ބަޔާންކުރެވިފައިވާނެއެވެ .
ސްޓޭންޑާރޑް އޮޕަރޭޓިންގ ޕްރޮސީޖަރ ، ލޯކަލް ޓްއަރިޒަމް އިން ބިލެތްފަހި ( 1.1 )
މި އުސޫލަކީ ބިލެތްފަހީގައި ގެސްޓްހައުސް ރަޖިސްޓްރީކުރުމާއި އިންސްޕެކްޓްކުރުމާއި ހޯމްސްޓޭ ގެ އެންމެހާމިންގަޑުތަކާއި ހަމަތައްބަޔާންކުރާ އުސޫލެވެ . މި އުސޫލަށް ގެސްޓްހައުސްހިންގާ އެންމެހާފަރާތަކުން ތަބާވާންވާނެއެވެ .
ދިރިއުޅުންނޫންބޭނުންތަކަށް ބިންދޫކުރުމާއި ބެހޭ އުސޫލް 2025
މިއީ ބިލެތްފަހިން ދިރިއުޅުންނޫންބޭނުންތަކަށް ، ބިންދޫކުރުމާއިބެހޭ އުސޫލެވެ . މި އުސޫލްގެދަށުން ސިނާއީމަސައްކަތްތައްކުރުމަށާއި ، އެހެނިޚެން ބޭނުންތަކަށް ބިންދޫކުރެވެމުންދާނެއެވެ .
ކައުންސިލް އިދާރާގެ މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ އުސޫލް 2025 ( ދެވަނަ އިސްލާހް )
މި އުސޫލަކީ ކައުންސިލް މުވައްޒަފުންގެ ތެރެއިން އެންމެ ޚިދުމަތްތެރިމުވައްޒަފުން ނަށް އެކަމުގެ ޝަރަފް ދިނުމަށާއި ، މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަންކުރުމަށާއި ، އަޒުވަޒަންކުރުމަށް އަރުތަވެރިން ހޮވުމަށް އެކުލަވާލެވިފައިވާ މިންގަނޑާއި ދަރަޖަ ކުރުމުގެ އުސޫލެވެ . މި އުސޫލަށް ކައުންސިލްގައި ހިމެނޭ ހުރިހާ މުވައްޒަފުން ފުރިހަމައަށް ތަބާވާންވާނެއެވެ .
ކައުންސިލްގެ ވެހިކަލް ބޭނުންކުރުމުގައި ކައުންސިލުން އެކުލަވާލާފައިވާ އުސޫލް 2021
މިއީ ކައުންސިލްގެ ވެހިކަލްތައްބޭނުންކުރުމާއި ވެހިކަލްތަކުގައި ރައްޔިތުން ނުވަތަ އެހެންވެސް ފަރާތަކަށް ދަތުރުތައް ކޮށްދިނުމުގެ އެންމެހާ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރުމަށް އެކުލަވާލެވިފައިވާ އުސޫލެވެ . މި އުސޫލަށް ކައުންސިލްގެ ވެހިކަލް ބޭނުންކުރާ ކޮންމެފަރާތަކުންމެ ފުރިހަމައަށް ތަބާވާންވާނެއެވެ .
ކުނިމެނޭޖް ކުރުމުުގެ ނިޒާމުގެ ދަށުން ކުނިއުކާލުމާއި ، ބެހޭއުސޫލް 2023 ( ދެވަނަ އިސްލާހް )
މިއީ ކައުންސިލުން ރަށުގައި ތާހިރު ވެއްޓެއްބިނާކުރުމަށާއި ، ސާފްބިލެތްފަހި މިޝިއާރުގެ ދަށުން ރަށުގައި އުފެދޭ އެންމެހާކުނި ރައްކާތެރިގޮތެއްގައި ނައްތާލުމަށް އެކުލަވާލެވިފައިވާ އުސޫލެކެވެ . މި އުސޫލަށް ރަށުގެ ހަމަކިންމެރައްޔިތަކުވެސް ތަބާވުން ލާޒިމް ވާނެއެވެ .